ވިޔަފާރި

6 ރަށެއްގެ ނަރުދަމާ ޑިޒައިންކޮށް ކޮންސަލްޓަންސީ އަށް ހުޅުވާލައިފި


ހަ އަތޮޅެއްގެ ހަތް
ރަށެއްގައި ހެދުމަށް ނިންމާފައިވާ ނަރުދަމާ ނިޒާމުތަކުގެ ޑިޒައިން މަސައްކަތާއި،  ކޮންސަލްޓެންސީގެ މަސައްކަތް ކުރުމަށް ފިނޭންސް
މިނިސްޓްރީން ހުޅުވާލައިފިއެވެ.



ދެ ޕެކޭޖަކަށް
ބަހާލައިގެން މި މަސައްކަތްތައް ކުރުމަށް ހުޅުވާލާފައިވާއިރު، މިއީ މިއަހަރުގެ ބަޖެޓްގައި
ހިމެނިގެން ހެދޭ ނަރުދަމާ ނިޒާމުތަކެވެ.



ޕެކޭޖް އެކެއްގައި
ހިމެނެނީ ހއ. ބާރަށާއި، ހދ. ވައިކަރަދޫ އާއި ށ. ފޭދޫ އެވެ. ޕެކޭޖް ދޭއްގައި
ހިމެނެނީ ކ. ދިއްފުއްޓާއި، ގއ. ކަނޑުހުޅުދޫ އާއި، ގއ. މާމެންދޫ އާއި، ގދ. ފަރެސްމާތޮޑާ
އެވެ. މިރަށްތަކުގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައިވެސް ފިނޭންސް މިނިސްޓްރީން
ވަނީ 12  އަތޮޅެއްގެ ނަވާވީސް ރަށެއްގައި
ހެދުމަށް ނިންމާފައިވާ ނަރުދަމާ ނިޒާމުތަކަށް ބޭނުންވާ ކޮންސަލްޓެންސީއާއި،
އެރަށްތަކުގައި ހަދަންޖެހޭ ސާވޭއަށާއި، ނަރުދަމާ ނިޒާމުތައް ޑިޒައިން ކުރުމަށް
ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައެވެ. އެ ނަރުދަމާ ނިޒާމުތައްވެސް
ފިނޭންސް މިނިސްޓްރީން ވަނީ 7 ޕެކޭޖަކަށް ބަހާލާފައެވެ.



ޕެކޭޖް އެކެއްގައި
ހިމެނެނީ، ށ. ފީވަކާއި، ށ. ފޯކައިދޫއާއި، ނ. ލަންދޫ އާއި، ނ. މާފަރުގެ އިތުރުން،
ނ. ހެނބަދޫ އެވެ.



ޕެކޭޖް ދޭއްގައި
ހިމެނެނީ، ރ. އަތޮޅު ރަސްމާދޫ، އިނގުރައިދޫ، މާކުރަތު، ރަސްގެތީމް، އަދި ވާދޫ އެވެ.
ޕެކޭޖް ތިނެއްގައި ހިމެނޭ ރަށްތަކަކީ، ފ. އަތޮޅު ދަރަބޫދޫ، ބިލެއްދޫ އަދި ފީއަލި
އެވެ.



މީގެއިތުރުން
ޕެކޭޖް ހަތަރެއްގައި ހިމެނެނީ، އ.އ. މަތިވެރި، އ.އ. ރަސްދޫ، އ.އ. އުކުޅަސް، އަދި އ.ދ.
ކުބުރުދުއާއި، އ.ދ. ހަންޏާމީދޫ އެވެ. ޕެކޭޖް ފަހެއްގައި ހިމެނެނީ، ތ. ހިރިލަންދުއާއި،
ލ. ހިތަދޫ، ގ.ދ. ފިޔޯރީ އަދި ގ.ދ. ރަތަފަންދޫ އެވެ. ޕެކޭޖް ހައެއްގައި
ހިމަނާފައިވާ ރަށްތަކަކީ، ބ ހިތާދޫ، ބ މާޅޮސް، ކ ގާފަރު އަދި ކ. ގުޅި. އަދި ޕެކޭޖް
ހަތެއްގައި ހިމެނެނީ، ހއ އަތޮޅު އުލިގަމާއި، އެ އަތޮޅު މުރައިދޫ އެވެ.