ވިޔަފާރި

އިސްމެހެލާ ހެރަ ރިސޯޓަށް މުވައްޒަފުން ހޯދުމަށް އޯޕަންޑޭ އެއް ބާއްވަނީ


އައްޑޫސިޓީ މީދޫ އާއި އެއް ފަޅެއްގައި އޮންނަ އިސްމެހެލާގައި ތަރައްޤީކުރަމުން އަންނަ ސައުތުޕާމް ރިސޯޓަށް މުވައްޒަފުން ހޯދުމަށް އިއްލާންކޮށްފިއެވެ.

ސައުތު ޕާމް ރިސޯޓުން މުވައްޒަފުން ނެގުމަށް އައްޑޫސިޓީގައި އޮޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމީދޫ އަތޮޅު މަދަރުސާގައި މިމަހުގެ 29 ވަނަ ދުވަހު ހެނދުނު 9 އަކުން ހަވީރު 5 އަށެވެ. އަދި އޯޕަންޑޭގެ ދެވަނަ ދުވަސް ބޭއްވުމަށް ނިންމާފައިވަނީ، މިމަހުގެ 30 ވަނަ ދުވަހު ހެނދުނު 9 އިން ފެށިގެން ހިތަދޫ ޝަރަފުއްދީން ސްކޫލްގަ އެވެ.

މީގެ އިތުރުން އެޕްރީލް މަހުގެ އެއްވަނަ ދުވަހު ފުވައްމުލައްސިޓީ ޔޫތު ސެންޓަރުގައި އޮޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ވަޒީފާ އާއި ގުޅޭ މައުލޫމާތު ދިނުމާއި އިންޓަވިއު ކުރުން 2 އެޕްރީލް ވަނަ ދުވަހު ސައުތު ޕާމްގެ ފޭދޫ އޮފީހުގައި ކުރިއަށްދާނެއެވެ.

އިސްމެހެލާ ހެރަ އަކީ 2017 ވަނަ އަހަރު މެދު ތެރޭގައި ތަރައްޤީކުރަން ފެށި ރިސޯޓެކެވެ. މި ރިސޯޓުގެ ފުރަތަމަ ފިޔަވަހީގައި ހަތަރު ތަރީގެ 130 ވިލާ ވަނީ ހަދާފައެވެ. އަދި ދެވަނަ ފޭސްގައި ފަސްތަރީގެ 110 ވިލާ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.