ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސިޔާސީ ތިން މަގާމަކަށް ތިން ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
ރައީސް ޞާލިޙް ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ސޯޝަލް މީޑިއާގެ ކަންކަން ބަލަހައްޓާ އަޙްމަދު މައިމޫން ހައުސިން އެންޑް އާބަން ޑިވްލޮޕްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ.
ރައީސް ޞާލިޙް ވަނީ ކުރީގެ ރައީސް މައުމޫން އިސްވެ ސިޔާސީ ޕާޓީއަކަށް ހެދުމަށް ހުށަހަޅާފައިވާ އެމްއާރްއެމްގައި ހަރަކާތްތެރިވާ އިބްރާހިމް ފަރުހާދު ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ.
މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި އެ ޕާޓީގައި ހަރަކާތްތެރިވާ ފިލްމީތަރި އަޙްމަދު އަޒްމީލް ނޭޝަނަލް ސެންޓަރ ފޯރ ދި އާޓްސް އެންސީއޭގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ވަނީ އައްޔަން ކުރައްވާފައެވެ.