ޚަބަރު

ހޯރަފުށީގައި އެއަރޕޯޓް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި


ހއ.ހޯރަފުށީގައި ތަރައްޤީކުރާ އެއަރޕޯޓްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯރޓް މިނިސްޓަރ ޢާއިޝަތު ނަހުލާއެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާހުއެވެ.

ރައީސް ޔާމިނުގެ ސަރުކާރުގައި ހއ ހޯރަފުށި އެއަރޕޯރޓް އެރަށާއި ކައިރީގައި އޮންނަ މާފިނޮޅުގައި އެޅުމަށް ހަމަޖެހިފައި ވީނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ފެށި، ފެހިކަންގަދަ ރަށްތައް ހަލާކުކުރުން މަދުކޮށް ޖަޒީރާވަންތަކަން ދެމެހެއްޓުމަށްޓަކައި އެއަރޕޯރޓް އެޅުމުގެ މަސައްކަތް އަނބުރާ ހޯރަފުއްޓަށް ވަނީ ބަދަލުކޮށްފައެވެ. އަދި ހޯރަފުށީގައި ހިއްކާފައިވާ ސަރަޙައްދު މިހާރަށް ވުރެ ބޮޑަށް ހިއްކައި، އެރަށުގައި އެއަރޕޯޓް ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ހޯރަފުއްޓަކީ މިވަގުތު ތިންހާސް ހަތަރު ސަތޭއަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.