ޚަބަރު

މިނިވަން 50 ފާހަނގަކުރުމަށް ހާއްސަ ދުއާއެއް ކޮށްފި.


ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.މި ހަރަކާތްތައް ފެށިގެންދިޔައީ، ގިނަ ބަޔަކު އެއްވެ ޖަމާއަތުގައި ކުރެވުނު އިޝާނަމާދުންނެވެ. ސްޑޭޑިއަމް ސަރަހައްދުގައި ގިނަ ބަޔަކާއިއެކު ބޮޑު ޖަމާއަތެއްގައި ކުރެވިގެންދިޔަ މިރޭގެ އިޝާނަމާދު އިމާމުވެ ކުރެއްވީ، އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.ނަމާދައްފަހު ދިވެހިންނަށް ލިބިފައިވާ މިނިވަންކަމަށް ޝުކުރުއަދާކުރުމުގެ ގޮތުން ހާއްސަ ދުއާއެއް ކޮށް ސަދަގާތްކުރުމުގެ ގޮތުން 150 ބަކަރި ކަތިލާފައިވެއެވެ.