ޚަބަރު

ސާކް ފިލްމު ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


"ސާކް ފިލްމު ފެސްޓިވަލް 2019" ގައި ރާއްޖޭގެ ފިލްމްތައް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ސާކް ފިލްމު ފެސްޓިވަލުގައި ރާއްޖެއިން ބައިވެރިކުރެވޭނީ ދެ ކުރު ފިލްމާއި ދެ ފީޗަރ ފިލްމް އަދި އެއ މާސްޓަރ ފިލްމެވެ.

"ސާކް ފިލްމު ފެސްޓިވަލް 2018" ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 7 އިން 12 އަށް ސްރީލަންކާގައެވެ. މިފެސްޓިވަލްގައި ބައިވެރިކުރާ ފިލްމުތަކުގެ ޑައިރެކްޓަރުންނާއި އާޓިސްޓުންގެ ތެރެއިން ގިނަވެގެން ހަތަރު މީހުން ފެސްޓިވަލުގައި ބައިވެރިވެވޭނެއެވެ. މިފަރާތްތައް ސްރީލަންކާގައި ތިބުމާއި، ކުރަންޖެހޭ ދަތުރުފަތުރުގެ ކަންކަން މި އިވެންޓް އިންތިޒާމުކުރާ ފަރާތުން ހަމަޖައްސާނެއެވެ.

މިފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަމަހުގެ ތިންވަނަ ވަހުގެ ކުރިން އެންސީއޭއަށް އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހެއެވެ. މީގެ ކުރިންވެސް ރާއްޖެއިން ވަނީ ސާކް ފިލްމް ފެސްޓިވަލްގައި ބައިވެރިވެފައެވެ.

ސާކް ފިލްމް ފެސްޓިވަލަކީ ފިލްމީ ދާއިރާގައި ޙަރަކާތްތެރިވާ މީހުން އެއްތަނަކުން ބައްދަލުވެ އެމީހުން ކުރަމުންދާ މަސައްކަތްތައް ޙިއްސާކޮށް މިދާއިރާގެ ކަންކަން ހިއްސާކުރުމަށް ކުރިއަށްގެންދާ ފެސްޓިވަލެކެވެ. މި ފެސްޓިވަލުގައި ސާކްގެ ޤައުމުތަކުން ކޮންމެ އަހަރަކުވެސް އެތައް ފިލްމުތަކެއް ހުށަހަޅައެވެ.