ޚަބަރު

މިނިވަން 50ފާހަނގަކުރުމަށް މިރޭ ބާއްވާ ހަރަކާތަކީ ބިދުޢައެއް ނޫން


ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވޭ ހަރަކާތަކީ ރާއްޖެއަށް މިނިވަންކަން މިންވަރުކުރައްވާފައިވާތީ އެކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރިޔަށްގެންދެވޭ ހަރަކާތެއްކަމަށާ މިއީ ބިދުޢައެއް  ނޫންކަމަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވިދާޅުވެއްޖެއެވެ.މިހަރަކާތާބެހޭ ގޮތުން އެމްބީސީނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރާއްޖޭގެ ދީނީ އިލްމުވެރިއެއްކަމަށްވާ ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ މިރޭ ބޭއްވޭ މިހަރަކާތުގައި ހިމެނެނީ ގިނަބަޔަކު އެއްވެ ޖަމާއަތުގައި ނަމާދުކުރުމާ، ދުއާކުރުމާ، ސަދަޤާތްކުރުންކަމުން މިއީ ބިދުއަޔަކަށް ނުވާނެކަމަށެވެ.ސްޓޭޑިއަމް ސަރަހައްދުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ބޮޑުޖަމާއަތުގައި އިޝާނަމާދު އިމާމުވެ ކުރެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.އިޝާނަމާދަށްފަހު ޚާއްޞަ ދުއާއެއްކުރުމާ، ސަދަގާތްކުރުމުގެ ގޮތުން ސަތޭކަ ފަންސާސް ބަކަރި ކަތިލުމަށް ހަމަޖެހިފައިވާކަމަށް މި ހަރަކާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.މިޙަރަކާތުގައި ސަރުކާރާ ގުޅިގެން ރާއްޖޭގެ ބައެއް ޖަމްޢިއްޔާ ޖަމާއަތްތަކާ އާންމުފަރާތްތައްވެސް ބައިވެރިވެއެވެ.