ސިޔާސީ

ޕާކިސްތާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ މިނިސްޓަރ ޝާހިދު ފޮނުއްވައިފި


"ޕާކިސްތާން ޑޭ"ގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ޕާކިސްތާން ގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، މަޚްދޫމް ޝާހް މަހްމޫދު ކުރޭޝީ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރު ޝާހިދުގެ މެސެޖުގައި ވަނީ ޕާކިސްތާނުގެ 79 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި ޕާކިސްތާނު ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް މަރުޙަބާ އާއި ތަޙުނިޔާ ވިދާޅުވެފައެވެ.

މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައިވާ ގާތް ރަޙުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހި ވެގެންދާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ޕާކިސްތާނު ރައްޔިތުންނަށް އަމާންކަމާއި ފާގަތިކަމާއި އިތުރު ކުރިއެރުމަށް މިނިސްޓަރު ޝާހިދު ވަނީ އެދިވަޑައިގަންނަވާފައެވެ.