ތިމާވެށި

ޔުނިވާރސަލް ފައުންޑޭޝަނުން ހުޅުމާލޭގައި ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި


ޔުނިވާރސަލް ފައުންޑޭޝަނުން ހުޅުމާލޭގައި ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

މިއަދު ހެނދުނު 7:30ން ފެށިގެން 10:30ކަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ހުޅުމާލެއާއި ހުޅުމާލޭގެ ފަޅުތެރެވެސް ވަނީ ސާފުކޮށްފައެވެ.

ޔުނިވާރސަލް ފައުންޑެޝަންގެ ނާއިބް ރައީސް ޢަލީ އާދަމް ވިދާޅުވީ މިއީ މިގޮތަށް އެ ފައުންޑެޝަނުން ހުޅުމާލޭގައި ސާފުކުރުމުގެ ޕްރޮގްރާމެއް ބޭއްވި ފުރަތަމަ ފަހަރު ނަމަވެސް ވަކި ވަކި ރިސޯރޓް ތަކުގައި ސާފް ކުރުމުގެ ޕުރޮގްރާމްތައް ބާއްވާފައިވާ ކަމަށެވެ. އަދި މި ޕްރޮގަރާމްގެ މައިގަނޑު މަޤްސަދަކީ ޔުނިވާރސަލްގެ މުވައްޒަފުން ތިމާވެށްޓަށް އަހުލުވެރި ކުރުވުން ކަމަށެވެ.

ޔުނިވަރސަލް ފައުންޑޭޝަނުން ކުރިއަށްގެންދިޔަ މި ޙަރަކާތުގައި ޔުނިވާރސަލް ގެ 11 ރިސޯޓަކުން 305 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ޙަރަކާތުގައި އެއްކުރެވުނު ކުނީގެ ބާވަތްތައް ވަކިކޮށް ވެމްކޯއާއި ގުޅިގެން ނައްތާލުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް ޔުނިވަރސަލް ފައުންޑޭޝަނުން ބުނެއެވެ.

މީގެ އިތުރުން އެއްކުރެވޭ ޕުލާސްޓިކް ފުޅި ރިސައިކަލް ކުރުމަށްޓަކައި ޕާރލޭ މޯލްޑިވްސްއާއި ވާހަކަދައްކާފައިވާކަމަށްވެސް ޔުނިވަރސަލް ފައުންޑޭޝަނުން ބުނެއެވެ.