މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އަލަށް ތަޢާރަފްކުރެވުނު ޓެކްޓިކަލް ޔުނީފޯރމް ބޭނުންކުރަން ފަށައިފިއެވެ.ޔުނީފޯރމް ތަޢާރަފް ކުރުމަށްޓަކައި ޖަލުތަކުގައި ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވާކަމަށް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތުދެއެވެ. މި ރަސްމިއްޔާތު ތަކުގައި ކޮމިޝަންޑް އޮފިސަރުންނާއި ޖަލުތަކުގެ ޑައިރެކްޓަރުންގެ އިތުރުން ގިނަޢަދަދެއްގެ އޮފިސަރުން ބައިވެރިވެފައިވާކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ.ކަރެކްޝަނަލް ސާވިސްއިން ބުނީ މި ޔުނީފޯރމަކީ މިހާރު އެ ސަރވިސް ގައި ބޭނުންކުރާ ވޯކިންގ ޔުނީފޯމާ ޚިލާފަށް މަސައްކަތު މާހައުލުގައި ބޭނުންކުރުމަށް ފަސޭހަވާނޭހެން ފަރުމާކުރެވިފައިވާ ޔުނީފޯމެއްކަމަށެވެ. އަދި މީގެ ސަބަބުން މަސައްކަތު މާޙައުލުގައި އުޅޭ އުޅުމުގައާއި ޚިދުމަތް ދިނުމުގައި އޮފިސަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ކަރެކްޝަނަލް ސާވިސްއިން ދެކެއެވެ.އަލަށް ތައާރަފްކުރެވުނު ޓެކްޓިކަލް ޔުނީފޯރމްގެ ކުލައަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކުލަ ކަމުގައިވާ އަޅިކުލައެވެ.