ތަރައްްޤީ

އިންޖީނައަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އައްޑޫއިން ކަރަންްޓް ކަނޑަނީ


އައްޑޫގެ ގުޅިފައިވާ ރަށްތަކައް ކަރަންޓު ދިނުމަށް ބޭނުންކުރަމުން އަންނަ އިންޖީނަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މިއަދުން ފެށިގެން މައްސަލަ ހައްލު ކުރެވެންދެން އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުން ގެންދާނެކަމަށް އައްޑޫ ސިޓީ ފެނަކަ ބްރާންޗުން ބުނެފިއެވެ.

އައްޑޫގެއެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަން މެދުވެރިވި ސަބަބަކީ އެ ސަރަހައްދުތަކައް ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އަންނަ އިންޖީނުތަކުގެ ތެރެއިން ދެ މެގަވޯޓްގެ އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ.

ފެނަކައިން މިއަދު އައްޑޫގެ ގެތަކަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ އިންޖީޏަށް ދިމާވި މައްސަލަ ހައްލު ކުރުމަށް މިއަދުން ފެށިގެން ތިން ހަފްތާވަރު ވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ދެމެދުގެ ކޮންމެވެސް އެއް ވަގުތެއްގައި ގަޑިއެއްހާއިރަށް ކަރަންޓު ކަނޑަމުން ދާނެކަމަށެވެ.