ޚަބަރު

އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް ފަށައިފި



16 ސްކޫލާއިއެކު އިންޓާރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ މެޗުތައް ފަށައިފިއެވެ.

މިއަހަރުގެ އިންޓަރ ސްކޫލް މުބާރާތުގައި އަތޮޅުތެރެއިން 9 ސްކޫލަކާއި މާލެއިން 7 ސްކޫލެއް އަންނަނީ ވާދަކުރަމުންނެވެ.

އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގައި އިއްޔެވަނީ 13 މެޗެއް ކުޅެފައެވެ. އެއީ ސާދަ އަހަރުން ދަށުގެ އުމުރުފުރާގެ ފަސް މެޗާއި، ސޯޅަ އަހަރުން ދަށުގެ އުމުރުފުރާގެ އަށް މެޗެވެ.

މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 އަދި 27ވަނަ ދުވަހުއެވެ. އިންޓަރ ސްކޫލް މުބާރާތާއިއެކު ކުރިއަށްދާ އިންޓަރ ކޮލެޖް ވޮލީބޯޅަ މުބާރާތުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތޭވީހުގައެވެ.

ކޮލެޖް މުބާރާތުގެ ފައިނަލް ދެ މެޗު ކުޅޭނީ މާޗް 30ވަނަ ދުވަހުއެވެ.