ޚަބަރު

އެއްފަސް ކުރުމަށް ކިނބިދޫއާއި ވޭމަންޑޫ ގުޅާލުމަށް މަޝްވާރާކޮށްފި.


އާބާދީއާއި
ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތު ކޮޅުމަޑުލުގައި ހިންގުމުގެ ގޮތުން ކޮޅުމަޑުލު
ކިނބިދޫއާއި ވޭމަންޑޫ ގުޅާލުމަށް ހުރި ފުރުސަތުތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.



މި
މަޝްވަރާތަކުގައި ދެރަށް ގުޅާލުމުގައި ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާއި މި
މަސައްކަތުގައި ކަޑައްތު ކުރަންޖެހޭ މަރުހަލާތަކާއި ބެހޭގޮތުން
މަޝްވަރާކޮށްފައިވާ ކަމަށެވެ.



ތ.
އަތޮޅު ކައުންސިލުން މައުލޫމާތުދޭ. އެ ކައުންސިލުން ބުނީ މި މަސައްކަތް ހިންގުމަށް
ކޯޑިނޭޓިންގ ކޮމިޓީއެއް އެކުލަވާލާ ދެ ރަށުގެ ރައްޔިތުންނާއި މަޝްވަރާކުރުމަށް
ނިންމާފައިވާ ކަމަށާއި މިކަމުގެ ވިސްނުންތައް ސަރުކާރަށް
ހުށަހެޅުމަށްވެސް ނިންމާފައިވާކަމަށެވެ. މިމަޝްވަރާތަކުގައި
ތ.އަތޮޅު ކައުންސިލާއި ކިނބިދޫ ކައުންސިލާއި ވޭމަންޑޫ ކައުންސިލުން ބައިވެރިވެފައިވެއެވެ.



ކިނބިދޫއާއި
ވޭމަންޑޫއަކީ އެއްފަޅެއްގައި އޮންނަ ދެ ރަށެވެ. ކިނބިދޫއަކީ
އެއްހާސް ތިންސަތޭކަ ނުވަދިހަ ފަސް މީހުންގެ އާބާދީއެއް އޮންނަރަށެކެވެ. އަދި
ވޭމަންޑޫއަކީ އެއްހާސް ދުއިސައްތަ ފަންސާސް މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ވޭމަންޑޫއަކީ
އަތޮޅުގެ ވެރިކަންކުރާ ރަށެވެ.

ތ. އަތޮޅު ކައުންސިލުން ބުނީ މި ދެރަށް ދޭތެރޭގެ ފަޅަކީ
ވަރަށް ތިލަ ފަޅެއްކަމަށެވެ.