ތަޢުލީމު

މަތީ ސާނަވީ އިމްތިހާނުން ރާއްޖެއިން އެއްވަނަ 23 ދަރިވަރަކަށް


2014 ވަނައަހަރުގެ މަތީ ސާނަވީ އިމްތިހާނުން ރާއްޖެއިން އެއްވަނަ 23 ދަރިވަރަކު ހޯދައިފިއެވެ.މިދިޔަ އަހަރު  އަހަރު މަތީ ސާނަވީ އިމްތިހާނު ތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ރޭ ދަރުބާރުގޭގައި ވަނީ ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ.ރާއްޖޭގެ އެކި ސްކޫލުތަކުން 1800 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި މަތީ ސާނަވީ ނުވަތަ އެޑެކްސެލް  އިމްތިހާނުގައި  ގަދަ ދިހައެއްގައި 14 ސްކޫލަކުން 175 ދަރިވަރުން ހިމެނެއެވެ.މީގެ ތެރޭގައި އަތޮޅުތަކުގެ ސްކޫލުތަކުގެ 38 ދަރިވަރުން ހިމެނޭ. އެއްވަނަ ހޯދި 23 ދަރިވަރުންވަނީ އެޑެކްސެލް އިމްތިހާނުން ހުރިހާ މާއްދާއަކުން އޭ ގްރޭޑް ހޯދާފައެވެ.އެޑެކްސެލް އިމްތިހާނު ތަކުން ތިން އޭ ސްޓާރ އަށްވުރެ މަތިން ހޯދައިގެން، އެޑެކްސެލް އެގްޒަމިނޭޝަނުންދޭ ހައި އެޗީވަރސް އެވޯޑް ފަސް ދަރިވަރަކު ވަނީ ހޯދާފައެވެ.ދުނިޔޭގެ އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި 16 ދަރިވަރަކު ހިމެނިފައިވާއިރު، މުޅި ދުނިޔެއިން އެކައުންޓިންގ އިން 100 އިންސައްތަ ހޯދައިގެން މުޅި ދުނިޔޭގެ ގަދަ ދިހައެއްގެ އެއްވަނައިގައި 11 ދަރިވަރަކު ވަނީ ހިމެނިފައެވެ.ގަދަ ދިހައެއްގެ އެއްވަނައިގައި 23 ދަރިވަރަކު ހިމެނިފައިވާއިރު އެ ވަނައިގައި 45 ދަރިވަރަކު އަދި ތިން ވަނައިގައި އަށް ދަރިވަކު ހިމެނެއެވެ.އެއްވަނަ ހޯދި ދަރިވަރުންނަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްގެ ލިޔުން ވެސް ރޭގެ ޖަލްސާގައި އެ ދަރިވަރުންނާ  ހަވާލުކޮށްފައެވެ.2013 ވަނަ އަހަރާ އަޅާބަލާއިރު 2014 ވަނަ އަހަރުގެ ގްރޭޑް އިންސައްތަ މަތިވެފައިވާ ކަމަށް އެޑިއުކޭޝަނުން މައުލޫމާތުދެއެވެ.