ސިޔާސީ

ޖިނާޢީ ކުށްތައް ހުއްޓުވުމަށް ރާއްޖެއާއި އިންޑިއާ ގުޅިގެން މަސައްކަތްކުރުމުގެ މައްސަލަ ކޮމިޓީއަށް


ޖިނާޢީ ކުށްތައް ހުއްޓުވުމަށް ރާއްޖެއާއި އިންޑިއާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތު ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑާކޮށްފައިވަނީވެސް ޖިނާޢީ ކުށްތައް ހުށްޓުވުމަށް އެއްޤައުމުން އަނެއްޤައުމަށް އެހީތެރިކަން ދިނުމާގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ އެކަންޏެވެ.

ޖިނާޢީ ކުށްތައް ހުޓުވުމާބެހޭ އެއްބަސްވުމުއި ރާއްޖެއާއި އިންޑިއާއިން ސޮއިކުރުމަށް ނިންމާފައިވަނީ މިދިޔަމަހުގެ ބާރަ ވަނަދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. އެ އެއްބަސްވުމުގައި ސޮއިކުރުމަށް ފެނޭތޯ ލަފަޔަކަށް އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓިގައި ވިދާޅުވެފައިވަނީ، ރާއްޖެއާއި އިންޑިއާއާއި ދެޤައުމުގެ ދެމެދު އޮތް ގުޅުން ދެމެހެއްޓުމާއެކު ޖިނާޢީ ކުށްތައް ހުޢްޓުމަށް ދެޤައުމުގެ އެހީތެރިކަމާ އެއްބާރުލުން އެއްޤައުމުން އަނެއްޤައުމަށް ދިނުމަށްޓަކައި އެއްބަސްވުމުގައި ސޮއިކުރުމަށް ރުހުން ދިނުމާ ގުޅޭގޮތުން ގޮތެއްނިންމަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ޤާނޫނު އަސާސީގެ 93ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ދިވެހި ދައުލަތުގެ ނަމުގައި ، ވެރިކަންހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރާންވާނީ ރައްޔިތުންގެ މަޖިލީހަސް ހުށަހަޅައި މަޖިލީހުން ފާސްކުރުމަށްފަހު މަޖިލީހުން ނިންމާގޮތުގެމަތީންކަމަށެވެ.

ޖިނާޢީ ކުށްތައް ހުއްޓުވުމަށް ރާއްޖެއާއި އިންޑިއާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެ ދަށުން ޖިނާޢީ ކުށްތައް ހުޓުވުމުގައި ދެޤައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުންދޭންޖެހެއެވެ. އަދި ޓެރަރިޒަމް ނައްތާލުމަށް ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް އެހީތެރިކަން ދިނުމާއި އެމައްސަލަތަކުގައި ޝަރީޢަތްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.