ސިޔާސީ

ފެނަކައިގެ އިސްވެރިން ކޮމިޓީއަށް ޙާޒިރުކުރަނީ


ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރާއި އެކުންފުނީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ޙާޒިރުކުރުމަށް ނިންމައިފިއެވެ. އޭނާ ކޮމިޓީއަށް ޙާޒިރުކުރަނީ ފެނަކަ ކޯޕަރޭޝަނުން ބައެއް މުވައްޒަފުން ވަކިކުރާކަމަށް ތުހުމަތުކުރާ މައްސަލައިގައި މަޢުލޫމާތު ސާފުކުރުމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު އަދި އިސްވެރިން ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ޙާޒިރުކުރަން ހުށައަޅާފައިވަނީ އިދިކޮޅު ތިން މެންބަރަކު ސޮއިކުރައްވައި ހުށަހަަޅުއްވައިގެނެނެވެ. އެއީ ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފާއި، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމާއި މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޣާދިރެވެ.

އެ ތިން މެންބަރުން ހުށަހެޅުއްވި މައްސަލާގައި ބަޔާންކޮށްފައިވަނީ، ސަރުކާރު ޙިއްސާވާ ކުންފުނިތަކުން، މި ސަރުކާރުން ގިނަ ޢަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ގެންދާތީ ގިނަ ބަޔަކު އެކަމުގެ ޝަކުވާއާއި ކަންބޮޑުވުން ފާޅުކުރަމުންދާކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން ޙާޒިރުކުރާ ކޮމިޓީ ބައްދަލުވުން އޮންނާނީ މާދަމާ މެންދުރު ދޭއްޖަހާއިރުއެވެ.