ޓުއަރިޒަމް

3 ތަރީގެ ރިސޯޓެއްގެ ގޮތުގައި އަންނަ އަހަރު ކުޑަ ބަނޑޮސް ހުޅުވަނީ


ތިން ތަރީގެ ރިސޯޓެއްގެ ގޮތުގައި އަންނަ އަހަރުގެ ފުރަތަމަ ކުއަރޓަރގެ ތެރޭގައި ކުޑަ ބަނޑޮސް ރިސޯޓެއްގެ ގޮތުގައި ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް މަލަހިނީ ހޯލްޑިންގްސް އިން ހާމަކޮށްފިއެވެ.ރިސޯޓްގެ ވެރިފަރާތްކަމުގައިވާ މަލަހިނީ ހޯލްޑިންގްސް އިން މައުލޫމާތުދޭ ގޮތުގައި ރިސޯޓް ހުޅުވިގެންދާނީ އަށް ޑިހަ ދެ ކޮޓަރި ރިސޯޓެއްގެ ގޮތުގައެވެ.ކުޑަބަނޑޮސް ތަރައްގީ ކުރާ ކުންފުނިން ބުނީ ކުރިންވެސް ދިވެހިން އެ ރަށަށް ދަތުރު ދާ ގޮތަށް ރިސޯޓަކަށް ބަދަލްވުމުންވެސް އެ ރަށް ދެވޭނެ ކަމަށާއި އެ ރަށް ރިސޯޓަކަށް ވެގެން ދިޔުމުން ފެންވަރު ރަގަޅު ހިދުމަތްތައް އެ ރަށަށް ދަތުރުދާ ދިވެހިންނަށް ލިބެން ހުންނާނެ ކަމަށެވެ.