ޚަބަރު

އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގައި ރެކޯޑް އަދަދަކަށް ޓީމްތައް ބައިވެރިވެއްޖެ


އިންޓަރސްކޫލް ހޭންޑްބޯޅަ މުބާރާތުގައި މިއަހަރު ރެކޯޑު އަދަދަކަށް ޓީމްތައް ބައިވެރިވެއްޖެއެވެ.

5ވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގައި މިއަހަރުވަނީ ތިން އުމުރުފުރާއަކުން 86 ޓީމު ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގައި 20 ސްކޫލަކުން ހާހަކަށްވުރެ ގިނަ ކުދިން ވާދަކުރާނެއެވެ. މިފަހަރުގެ މުބާރާތުގައި މާލެއިން ބޭރުން ހަތަރު ސްކޫލަކުންވަނީ ބައިވެރިވެފައެވެ. އެއީ ކ.ގުޅީ ސްކޫލް، ކ.ކާށިދޫގެ ކ.އަތޮޅު މަދަރުސާ، ކ.މާފުށި ސްކޫލް އަދި ކ.ގުރައިދޫ ސްކޫލެވެ.

އެންމެ ގިނަ ސްކޫލް ވާދަކުރަނީ ސޯޅަ އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިގައެވެ. މިބައިގައި ސަތާރަ ސްކޫލެއް ވާދަކުރާނެއެވެ.

ހޭންޑްބޯލް މޯލްޑިވްސްއިން ބުނީ މިއަހަރުގެ މުބާރާތަކީ ހުރިހާ ގޮތަކުންވެސް ފާހަގަކޮށްލެވޭ މުބާރާތެއްކަމަށާއި، ބައިވެރިވި ޓީމްތަކާއި، ކުދިންގެ އަދަދު އިތުރުވުމަކީ ސްކޫލްތަކުން ހޭންޑްބޯޅައަށް އޮތް ފޯރިފެންނަކަމެއްކަމަށެވެ. އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރީލް އެއްވަނަ ދުވަހުގައެވެ.