ތަޢުލީމު

އިންޓަރ ސްކޫލް ހިއުމަން ރައިޓްސް ކުއިޒުން އެއްވަނަ އިމާދުއްދީނަށް


އެމްބީސީގެ ދިވެހިރާއްޖޭގެ އަޑާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ''އިންޓަރ ސްކޫލް ހިއުމަން ރައިޓްސް ކުއިޒް މުބާރާތް 2015 '' ގެ ޗެމްޕިއަން ޓީމަކަށް އިމާދުއްދީން ސްކޫލް ހޮވިއްޖެއެވެ.އިންޓަރ ސްކޫލް ހިއުމަން ރައިޓްސް ކުއިޒް މުބާރާތް 2015 ގެ ނަތީޖާ ފާޅުކުރުމަށް ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށި ޙަވާލުކޮށް ދެއްވީ މިރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙުމަދު އަންވަރުއެވެ.މިމުބާރާތުގެ ރަނަރައަޕް ޓީމަކަށް ހޮވިފައިވަނީ ތާޖުއްދީން ސްކޫލެވެ.ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ކުއިޒްގައި އިންސާނީ ޙައްޤުތަކާއި، ޤާނޫނު އަސާސީއާ ގުޅޭ މައުލޫމާތު ހިމަނާފައިވެއެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙުމަދު އަންވަރު ވިދާޅުވީ، ކުއިޒް މުބާރާތުގެ ސަބަބުން އިންސާނީ ޙައްޤުތަކާއި، އެޙައްޤުތަށް ޙިމާޔަތްކުރާނެ ގޮތާ ގުޅޭ މައުލޫމާތު ދަރިވަރުންނަށް ލިބި ދަރިވަރުންގެ ހޭޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.އިންޓަރ ސްކޫލް ހިއުމަން ރައިޓްސް ކުއިޒް މުބާރާތުގައި މާލެއާ އަތޮޅުތަކުން ނަވާރަ ސްކޫލަކުން ބައިވެރިވެފައިވެއެވެ.އެމްބީސީގެ ދިވެހިރާއްޖޭގެ އަޑާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގުޅިގެން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން މިއީ މިފަދަ ކުއިޒެއް ބޭއްވި ތިންވަނަ ފަހަރެވެ.