ސިޔާސީ

ތިނަދޫ އުތުރަށް ވާދަކުރާ އެމްޑީޕީ ކެނޑިޑޭޓަށް ތާޢީދުނުކުރަން އެޕާޓިން ނިންމައިފި


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް ޢަބްދުލްމުޣުނީއަށް އެޕާޓީން ކުރި ތާޢީދު އަނބުރާ ގެންގޮސްފިއެވެ.

އެމްޑީޕީން ބުނީ މުޣުނީއަށް އެޕާޓީން ކުރި ތާޢީދު އަނބުރާ ނަގާފައިވަނީ، މުޣުނީގެ މައްޗަށް ކުރާ ގެވެށި އަނިޔާގެ ތުހުމަތުތަކާއި ގުޅިގެން ކަމަށެވެ.

އަންނަ މަހު އޮންނަ މަޖިލީހުގެ އިންތިޚާބުގައި ތިނަދޫ އުތުރު ދާއިރާއަށް ތިން ކެނޑިޑޭޓުން ވާދަކުރެއެވެ. އެއީ އެމްޑީޕީގެ ކެނޑިޑޭޓް ޢަބްދުލްމުޣުނީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރާ އިކްލީލް އާދަމާއި، މިހާރުގެ މެންބަރު ސަޢުދުﷲ ޙިލްމީއެވެ. އެމްޑީޕީން ބުނީ މުޣުނީގެ ކެމްޕެއިން އެއްވެސް ހަރަކާތެއްގައި އެޕާޓީގެ ރައީސާއި އަދި އެޕާޓީގެ އިސް އޮފިޝަލަކު ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށެވެ.

ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓަށް އެޕާޓީން ތާޢީދު ނުކުރަން ނިންމާފައިވާއިރު، އެޕާޓިގެ ފަރާތުން އދ.މަހިބަދޫ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުވެސް ވަނީ އިއްޔެ ނަން އަނބުރާ ނަގާފައެވެ.