ޚަބަރު

ކ.ކަގި ކައިރިން ދޯންޏެއް ފަރަށް އަރައިފި.


ކ. އޮޅަހަލި ރިސޯރޓުން ކުނި ބަރުކޮށްގެން ތިލަފުއްޓަށް ދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ ފަރަށް އަރާފައިވަނީ "ރޯދި" ނަމަކަށް ކިޔާ 52 ފޫޓުގެ ދޯންޏެއް ކަމަށެވެ. އަދި މި ދޯނި ފަރަށް އަރާފައިވަނީ ކ.ކަގި ކައިރި އޮންނަ ފަރަކަށް ކަމަށްވެސް އެމް.އެމް.ޑީ.އެފުން މަޢުލޫމާތުދެއްވައެވެ.

މި ހާދިސާ ހިނގިއިރު ދޯނީގައި ދެ މީހުން ތިބި ކަމަށާ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

މި ޙާދިސާ ހިނގި ކަމުގެ ރިޕޯޓް އެމް.އެން.ޑީއެފަށް ލިބިފަައިވަނީ މިއަދު 7:07 ހާއިރުކަމަށެވެ. މި ދޯނި ފުންކުރުމުގެ މަސައްކަތް ކޯސްޓްގާރޑްގެ ޑައިވަރުންގެ ޓީމުން މިހާރު ކުރަމުންދާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.