ވިޔަފާރި

ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަން ފުލުހުން ފާސް ކުރަނީ


މިހާރަކަށް އައިސް މާލޭގެ ބައެއް ހޮޓާތަކާއި ރެސްޓޯރެންޓް އަދި ކެފޭ ފަދަ ތަންތަނަށް މަސްތުވާ އެއްޗިއްސާ ބަނގުރާ ފަދަ ތަކެތި ހިފައިގެން ވަދެ، އެތަންތަނުގައި ތިބެ ބޭނުންކޮށް އެތަންތަނުގައި ތިބޭ ވޭޓަރުންނަށް ބިރުދައްކާ ހަދާތީ އެފަދަ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.ފުލުހުން ބުނީ، މާލޭގައި ހުރި ބައެއް ހޮޓާތަކާއި ރެސްޓޯރަންޓް އަދި ކެފޭފަދަ ތަންތަން ހުޅުވާފައި ހުންނަ ވަގުތު ތަކުގައި އަދި ބަންދު ކޮށްފައި ހުންނަ ވަގުތުތަކުގައިވެސް ބައެއް ފަރާތްތަކުން މަސްތުވާ އެއްޗިއްސާ ބަނގުރާފަދަ ތަކެތި ހިފައިގެންވަދެ އެތަންތަނުގައި ބޭނުން ކުރަމުންދާދިއުމާ، ބައެއް ފަހަރު އެތަންތަނުގައި ތިބޭ ވޭޓަރުންނަށް ބިރުދައްކައި ތަނުގެ ވެރިފަރާތަށް ބިރުދައްކާ ކަމުގެ ޝަކުވާވެސް އެފަދަ ފަރާތްތަކުން ފުލުހުންނަށް ހުށަހަޅަމުންދާކަމަށެވެ.ހޮޓާތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ރައްކާތެރި މާޙައުލެއް ޤާއިމުކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވުމާއިއެކު، އެފަދަ އެއްވެސް ތަނަކަށް ބަޔަކު ވަދެ އުނދަގޫކޮށް، މަސްތުވާތަކެތި ބޭނުންކޮށް މުވައްޒަފުންނަށާއި ވެރިފަރާތަށް ބިރުދެއްކުމުގެ ޢަމަލެއް ހިންގާނަމަ ލަސްނުކޮށް އެ މައުލޫމާތު ފުލުހުންގެ މުއައްސަސާއާ ހިއްސާކުރެއްވުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ.