ޚަބަރު

ފަހަތުން އަރާ ސްވަންސީ ބަލިކޮށް މެންޗެސްޓަރ ސިޓީ އެފްއޭކަޕްގެ ސެމީއަށް


ފަހަތުން އަރާ ސްވަންސީ ބަލިކޮށް މެންޗެސްޓަރ ސިޓީ އެފްއޭކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އިނގިރޭސި އެފްއޭކަޕްގެ ކުއާޓަރ ފައިނަލްގައި ސްވަންސީއާއި ސިޓީ ވާދަކޮށް ސިޓީ މެޗު ކާމިޔާބުކުރީ ތިނެއް ދޭކުންނެވެ.
މެޗުގެ ފުރަތަމަ ދެ ގޯލްވެސް ޖެހީ ސްވަންސީންނެވެ. ފުރަތަމަ ހާފުގައި މި ދެ ލަނޑު ޖަހައިދިނީ މެޓް ގްރިމްސްއާއި ބާރސަންޓް ސެލީނާ. މެންޗެސްޓަރ ސިޓީން ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ.

ފުރަތަމަ ލަނޑު ބެނާޑޯ ސިލްވާ ޖަހައިދިންއިރު، މެޗުން ޓީމް މޮޅުކޮށްދިން ދެ ލަނޑު ޖަހައިދިނީ ސާޖިއޯ އަގުއޭރޯއެވެ. މި ނަތީޖާއާއިއެކު ސީޒަންގައި ހުރިހާ ތައްޓެއް ހޯދުމުގެ ފުރުސަތު އޮތް ސިޓީވަނީ އުއްމީދު ދަމަހައްޓާފައެވެ. މިއީ ދެ ގޯލުން ފަހަތުގައި އޮވެ ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީން ނަތީޖާ އަނބުރާލި ފުރަތަމަ މެޗެވެ.

މެންޗެސްޓަރ ސިޓީއަކީ މިސީޒަންގެ އެފްއޭކަޕްގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ޓީމްކަންވެސް ފާހަގަކޮށްލެވެއެވެ.