ޚަބަރު

ޖޫނިއަރ ހޭންޑްބޯޅަ ކޯސް ރާއްޖޭގައި ފަށައިފި


4 ވަނަ ޖޫނިއަރ ހޭންޑްބޯޅަ ރެފްރީސް ކޯސް ހޭންޑްބޯޅަ މޯލްޑިވްސްއިން ފަށައިފިއެވެ.

71 ބައިވެރިންނާއިއެކު ފެށި މި ކޯހުގައި ބައިވެރިންނަށް ކިޔަވައިދޭނީ ހޭންޑްބޯލް މޯލްޑިވްސްގެ ޓެކްނިކަލް ޑިރެކްޓަރ އަދި ޤައުމީ ޓީމްގެ ކޯޗު އަމްޒަދު ހުސައިނެވެ.
ކޯހުގެ ތިއަރީ ކުލާސްތައް ފެށިއިރު، ކޯހުގެ ޕްރެކްޓިކަލް ކްލާސްތައް ކުރިއަށްދާނީ އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ ތެރެއިންނެވެ.

ހޭންޑްބޯޅައިގެ ޒުވާން ރެފްރީން ތަމްރީނުކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ކޯސް ކުރިއަށް އޮތް ހަ ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.
ހޭންޑްބޯލް މޯލްޑިވްސްއިން ބުނީ މިދިޔަ ތިން އަހަރަށް ބަލާއިރު އަމިއްލަ ފަރާތްތަކުންވެސް ގިނަ މުބާރާތްތަކެއް ބާއްވަމުން އަންނައިރު، އެ މުބާރާތްތަކަށްވެސް އޮފިޝަލުން ތައްޔާރުކުރުމަކީ ޖޫނިއަރ ރެފްރީ ކޯސް ބޭއްވުމުގެ އެއް ބޭނުންކަމަށެވެ.

ރެފްރީން ތަމްރީން ކުރުމުގެ އިތުރަށް ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތަކެއްވެސް މިއަހަރު ހިންގާނެކަމަށް ހޭންޑްބޯޅަ މޯލްޑިވްސްއިން މައުލޫމާތުދެވެ.