ޚަބަރު

މައުރޯ އިކާޑީއަށް އޭސީ މިލާންގެ ކޯޗު ގެނާރޯ ގަޓޫސޯ ފާޑުކިޔައިފި


އިންޓަރ މިލާންގެ ފޯވާޑް މައުރޯ އިކާޑީއަށް އޭސީ މިލާންގެ ކޯޗު ގެނާރޯ ގަޓޫސޯ ފާޑުކިޔައިފިއެވެ.

ގަޓޫސޯ އިކާޑީއަށް ފާޑުކިޔާފައި މިވަނީ ކޯޗު އިންޓަރ މިލާންގެ ކޯޗު ލޫސިއާނޯ ސްޕެލެއްޓީއާއި ޖެހުނު މައްސަލައެއްގައި އޭނާ ޕްރެކްޓިސްއަށް ހާޒިރުނުވާތީއެވެ. އިކާޑީ އަތުން އިންޓަރ މިލާންގެ ކެޕްޓަން ބޭންޑް އަތުލުމުން އިކާޑީވަނީ ޕްރެކްޓިހަށް ނިކުންނަން ދެކޮޅު ހަދާފައިއެވެ.

އިޓަލިއަން ސެރީއާގައި މިރޭ އޭސީ މިލާނާއި އިންޓަރ މިލާން ވާދަކުރާއިރު، މިލާންގެ ކޯޗު ގަޓޫސޯ ބުނީ ކޯޗަށްވުރެ، ކުޅުންތެރިޔާ މާ މޮޅުވެއްޖެނަމަ އެ ކުޅުންތެރިޔާއަށް ކުރިއެރުން ނުލިބޭނެކަމަށެވެ. އިކާޑީ ބޮޑާހޭކުމަކީ ބަލައިގަނެވޭނެކަހަލަ އަމަލެއް ނޫންކަމަށްވެސް ގަޓޫސޯ ބުންޏެވެ.

އޭނާ ބުނީ ހިތްހަމަ ނުޖެހޭކަންކަންވެސް ހިނގާނެކަމަށައި، އެކަމަކު ވާހަކަދައްކައިގެން ހައްލުހޯދަން ޖެހޭކަމަށެވެ. މިރޭގެ މެޗަށް ދެ ޓީމް ނިކުންނައިރު 51 ޕޮއިންޓާއިއެކު އިންޓަރ މިލާން އޮތީ ތާވަލްގެ ތިންވަނައިގައެވެ.