ސިޔާސީ

އިންޑިއާގެ ޚާރިޖީ ވާޒީރު ސުޝްމާ ސުވަރާޖް ރާއްޖެ ވަޑައިގެންފި


އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެވަޑައިގެންފިއެވެ.

މިނިސްޓަރ ސުޝްމާ ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެކަމަނާއަށް މަރުހަބާ ވިދާޅުވީ ދިވެހި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރައްވާ ދެދުވަހުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދުގެ އަރިޙަށް އިހްތިރާމްގެ ޒިޔާރަތެއްކުރައްވާނެއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާއި، ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދުއާ އެކަމަނާގެ މިދަތުރުފުޅުގައި ބައްދަލުކުރައްވާނެއެވެ. މީގެއިތުރުން ސަރުކާރުގެ ބައެއް އިތުރު ވަޒީރުންނާއި ބައްދަލުކުރައްވާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް އިންޑިއާގެ ޚާރިޖީ ވަޒީރު ކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

އަދި ދެޤައުމުގެ ދެމެދުގައި މިހާރު އެކުލަވާލާފައިވާ އެއްބަސްވުންތަކާއި ކުރިއަށް އޮތްތަނުގައި އެކުލަވާލުމަށް ދެޤައުމުން ގަސްތުކުރާ އެއްބަސްވުންތަކާ ބެހޭގޮތުން މި ދަތުރުފުޅުގައި ސުޝްމާ ސްވަރާޖު މަޝްވަރާކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މިއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެވަޑައިގެންނެވި ފުރަތަމަ ޚާރިޖީ ވަޒީރެވެ.