ވިޔަފާރި

މާމުނާގައު ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ޙާއްސަ ހަރަކާތެއް ބާއްވަނީ


ރާއްޖޭގައި ހުޅުވާ އިންޓަރކޮންޓިނެންޓަލް ހޮޓެލްސް އެންޑް ރިސޯޓްސްގެ ފުރަތަމަ ރިސޯޓް، އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ޙާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މިމަހުގެ އެކާވީސް ވަނަ ދުވަހު މާގިރި ހޮޓެލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތަކީ އިންޓަރކޮންޓިނަންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓަށް މުވައްޒަފުން ހޯދުމަށް ބާއްވާ މިފަދަ ފުރަތަމަ ހަރަކާތެވެ.

ރ. އަތޮޅު މާމުނާގައުގައި ތަރައްޤީކޮށްފައިވާ އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

83 ކޮޓަރީގެ މާމުނާގައު ރިސޯޓުގައި އެކި ކަހަލަ ކެއުންތައް ލިބޭ ރެސްޓޯރެންޓުތައް ހުރެއެވެ. އަދި ސްޕާއެއްގެ ޙިދުމަތާއި ތަފާތު އެކި ކަހަލަ މޫދު ކުޅިވަރުތަކަށް ޙާއްސަ ވޯޓަރ ސްޕޯޓްސް ސެންޓަރއެއްވެސް އެ ރިސޯޓުގައި ހުރެއެވެ.