ސިޔާސީ

ރައީސް ޞާލިޙް ހިންނަވަރަށް ވަޑައިގަންނަވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނުގެ އުފަން ރަށް، ޅ. ހިންވަރަށް ވަޑައިގަންނަވައިފިއެވެ.

ރައީސް ޞާލިޙް ހިންނަވަރަށް ވަޑައިގެންނެވީ މަޖިލިސް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓްގައި އެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.

ރައީސް ޞާލިޙް ވަނީ ހިންނަވަރަށް ވަޑައިގެން އެރަށުގެ އަންހެން ކަނބަލުން އިންތިޒާމްކޮށްގެން ބޭއްވި ފުޓްސަލް މެޗެއް އިފްތިތާހު ކޮށްދެއްވާފައެވެ. އަދި މިރޭ އެރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއެއްގައި ރައީސް ޞާލިޙް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ޞާލިޙް ހޮނިހިރު ދުވަހުގެ ހެނދުނު ޅ. ނައިފަރާއި އެ އަތޮޅު ކުރެންދޫއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޞާލިޙް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިފަހުން މިދިޔަ ޑިސެމްބަރު މަހު ވަނީ ހިންނަވަރަށް ވަޑައިގެންފައެވެ.