ޚަބަރު

އެމްއެންޑީއެފުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި


މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަމަން އާމާންކަން ދެމެހެއްޓުމަށްޓަކައި، ފުލުހުންނަށް އެހީތެރިވުމުގެ ގޮތުން ހާއްސަ އޮޕަރޭޝަނެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ފަށައިފިއެވެ.އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަމަންއަމާންކަން ޤާއިމުކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަނަށް، ސިފައިން އެހީތެރިވުމުގެ ގޮތުން މިއަދު އިރުއޮއްސި ހަޔަކުން ފެށިގެން ޚާއްޞަ އޮޕަރޭޝަނެއް މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ.މިގޮތުން މިއޮޕަރޭޝަނުގައި އެއްގަމު އުޅަނދު ޗެކް ކުރުމާއި، ކަނޑުގެ އުޅަނދު ފަހަރުތައް ޗެކް ކުރުމުގެ އިތުރުން މީހުން ބަލާ ފާސްކުރެވޭނެކަމަށް އެމްއެންޑީއެފްގެ ބަޔާނުގައިވެއެވެ.މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަމަން އާމާންކަން ދެމެހެއްޓުމަށްޓަކައި، ފުލުހުންނަށް އެހީތެރިވުމުގެ ގޮތުން ސިފައިން ހިންގާ މި ޚާއްޞަ އޮޕަރޭޝަނަށް ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް މިބަޔާނުގައި އެމްއެންޑީއެފުން އެދިފައިވެއެވެ.ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަމަން އަމާންކަން ގާއިމުކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ސިފައިން މިފެށީ މާލޭގައި ފަހަކަށް އައިސް އާއްމުންނަށް ތޫނު އެއްޗެހިން ހަމަލާދީ މީހުން މެރުމުގެ ހާދިސާތައް އިތުރުވެފައިވަނިކޮށެވެ.ދެހަފްތާތެރޭގައި މާލޭގައި ދެމީހަކު މަރާލާފައިވޭ. އަދި ތޫނު އެއްޗެހިން ހަމަލާދިނުމުގެ ތަފާތު އެކިހާދިސާތައް ހިންގާފައިވެއެވެ.ފުލުހުން ބުނެފައިވަނީ މާލޭގައި އިދިކޮޅު ޕާޓީތަކުން ކޮންމެ ރެއަކު ސިލްސިލާކޮށް ހިންގާ މުޒާހަރާތަކާއި ގުޅިގެން ހަމަނުޖެހުމެއް ފެށުނަ ނުދިނުމަށް ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުންދާތީ އެންމެ އެކަށީގެންވާ ގޮތުގައި މާލޭގައި ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިއުމުގައި ފުލުހުންނަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ.