ސިޔާސީ

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި


ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ސްރީ ލަންކާއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ލަންކާއަށް ރޭ ވަޑައިގެންފައި މިވަނީ އޭޝިޔާ ޕެސިފިކް ޑިމޮކްރެޓް ޔޫނިއަން މީޓިންގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދުގެ އަރިހުގައި ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒާއި އެޕާޓީގެ ޗެއަރޕާސަން ޙަސަން ލަތީފު އަދި ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ނަޝީދު ލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި ރޭ ވަނީ ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިންނާއި ބައްދަލުކުރައްވާފައެވެ. އަދި ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ޖަލްސާއެއްގައިވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގަތްފައެވެ.