ޚަބަރު

ރޭ ވަޅިން ދިން ހަމަލާއެއްގައި ޒުވާނަކު މަރުވެއްޖެ


ރޭ އެއްގަޑި ތިރީސް ހާއިރު،
އައި.ޖީ.އެމް.އެޗް ކައިރިން ތޫނު އެއްޗަކުން ހަމަލާދިނުމާއި ގުޅިގެން ފަރުވާ
ދެމުންދިޔަ ނަވާވީސް އަހަރުގެ ދިވެހި މީހާ ނިޔާވެއްޖއެވެެ.



ފުލުހުން ބުނީ ތޫނު
އެއްޗަކުން ހަމަލާދިނުމާއި ގުޅިގެން އައި ޖީ އެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް
ނިޔާވެފައިވަނީ މާލޭ ދަފްތަރު 074 ނޫރު އާދަމް ހުސައިންފުޅު ކަމަށެވެ. މި ހާދިސާ
ހިނގާފައިވަނީ ނޫރު އާދަމް އައި ޖީ އެމްއެޗްގެ އިމަޖަންސީ ގޭޓާއި ދިމާއިން އިތުރު
މީހަކާއެކު ހިނގާފައި އަންނަނިކޮށް، ސައިކަލެއްގައި އައި މޫނު ނިވާކޮށްގެން
ތިބި  ދެމީހަކު ނޫރަށް ހަމަލާ ދިނުމުން
ކަމަށާއި، ނޫރުގެ ކަރަށާއި، އަރިކައްޓަށް ހަމަލާދީފައިވާ ކަމަށް ފުލުހުން މައުލޫމާތު
ދެއެވެ. މި ހަދިސާއާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާ
ކަމަށާއި، މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ނިޔާވި މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލް މެޑިކަލް ރިޕޯޓް ލިބުމުން
މީޑިޔާތަކަށް ހިއްސާ ކުރާނެ ކަމަށްވެސް ފުލުހުން ބުނެއެވެ. މީގެ އިތުރުން ރޭ
މެންދަމު ބާރަ ޖަހާކަށްހާއިރު، ޗާންދަނީ މަގުން މީހެއްގެ ބޮލަށް ހަމަލާދީފައިވާތީ
އެކަންވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މި ހާދިސާއާއި
ގުޅިގެންވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިނުވާ ކަމަށް ފުލުހުން
މައުލޫމާތުދެއެވެ.