ސިޔާސީ

3 ވެހިކަލެއްގައި ރޯވެ ބޭނުންކުރެވޭ ވަރަށް ހަލާކުވެއްޖެ


ލިލީމަގުން ދާރުލްއާސާރު ކައިރީގައި ޕާކްކޮށްފައި އޮތް ދެ ކާރަކާއި،
ވޭނެއްގައި ރޯވެ ބޭނުންނުކުރެވޭވަރަށް އަނދައިފިއެވެ.



ހުކުރު ވިލޭރޭ މެންދަމު ބާރަ ގަޑި ފަންސާސް އެހާ ކަންހާއިރު ހިނގި މި ހާދިސާގައި
އެއްވެސް މީހަކަށް ހާނިއްކަވެފައި ނުވާކަމަށް ފުލުހުންބުނެއެވެ. މިވެހިކަލް
ތަކުގައި ރޯވި އަލިފާން ގަނޑު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ކުރި
މަސައްކަތުން ނިއްވާލާފައިވަނީ ރޭ އެއްގަޑި ވިހި އެހާ ކަންހާއިރު ކަމަށް
އެމްއެންޑީއެފުން މައުލޫމާތުދެއެވެ.



މިހާދިސާގައި އަލިފާން ރޯވެފައިވަނީ ޕްރައިވެޓް ދެކާރަކާއި، ވޭނެއްގައެވެ. ފުލުހުން
ބުނީ މި ހާދިސާ ތަހުގީގު ކުރަމުންދާކަމަށެވެ.