ޚަބަރު

ގަލޮޅުގެ ގެއެއް ބަލާ ފާސްކޮށް މަސްތުވާތަކެއްޗާއި އެކު 13 މީހަކު ހައްޔަރުކޮށްފި


ކޯޓު އަމުރެއްގެ ދަށުން މާލެގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއި އެކު 13 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިންޓެލިޖެންސާއި ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ނުވަ ފިރިހެނަކާއި، ބަންގްލަދޭސް ފިރިހެނަކާއި ދިވެހި ދެ އަންހެނުން ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މި މީހުންގެ އުމުރު އުޅެނީ، 18 އަހަރާއި 46 އަހަރާ ދެމެދުގަ އެވެ.

މި އޮޕަރޭޝަންގައި ފުލުހުން ބަލާ ފާސްކޮށްފައި ވަނީ ގަލޮޅުގެ ގެއެކެވެ. ފުލުހުން ބުނީ އެ ގެ ބަލާ ފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި 31 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.