ޚަބަރު

ބޮޑަށް ބޭނުމީ ޕްރިމިއަރ ލީގު ހޯދަންކަމަށް - ސަލާހް


ޗެމްޕިއަންސް ލީގަށްވުރެ ބޮޑަށް ބޭނުމީ ޕްރިމިއަރ ލީގު ހޯދަންކަމަށް ލިވަޕޫލްގެ ކޯޗު މުޙައްމަދު ސަލާ ބުނެފިއެވެ.

ޕްރިމިއަރ ލީގުގެ ދެވަނައިގައި ލިވަޕޫލް އޮތްއިރު ޗެމްޕިއަންސް ލީގުގައި ކުރިއަށްދިޔުމުގެ ފުރުސަތުވެސް އެ ޓީމަށް އެބައޮތެވެ. މިދިޔަ ސީޒަންގައި ލިވަޕޫލުންވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކޮށްފައެވެ.

އެންމެ ބޮޑަށް ބޭނުމީ ޕްރިމިއަރ ލީގު ތޯ ނުވަތަ ޗެމްޕިއަންސް ލީގު އުފުލާލުންތޯ އެހުމުން ސަލާ ބުނީ އެންމެ ބޮޑަށް ބޭނުމީ ޕްރިމިއަރ ލީގު ތަށި ހޯދަންކަމަށެވެ.
ސަލާ ބުނީ އޭނާ އަބަދުވެސް އެންމެ ބޮޑަށް ބޭނުންވަނީ ލީގު އުފުލާލަންކަމަށާއި، އުއްމީދަކީ މިފަހަރު ލިވަޕޫލް ތަށި ހޯދުންކަމަށެވެ. ސަލާ ބުނީ ސިޓީއާއި ލިވަޕޫލަށްވެސް ކުރިއަށް އުނދަގޫ މެޗުތަކެއް އެބަހުރިކަމަށާއި، ދެ ޓީމުންވެސް ޕޮއިންޓްތަކެއް ގެއްލުވާލުން ގާތްކަމަށެވެ.
ސަލާ ބުނީ އުއްމީދަކީ ސިޓީން ޕޮއިންޓް ގެއްލުވާލާ ވަގުތު ލިވަޕޫލުން ރަނގަޅު ނަތީޖާތަކެއް ނެރުންކަމަށާއި، ލީގުގެ ފޯރި ފަހު ދުވަހާއި ހަމައަށް އޮއްނާނެކަމަށް ބެލެވޭކަމަށެވެ.

މެންޗެސްޓަރ ސިޓީއަކީ މިދިޔަ ސީޒަންގެ ލީގު ޗެމްޕިއަނުންނެވެ. ލިވަޕޫލް މިދިޔަ ސީޒަންގައި ލީގު ނިންމާލީ ހަތަރުވަނަ ޓީމްގެ ގޮތުގައެވެ.