ވިޔަފާރި

ގުޅައިގެން ބިލްތަކަށް ފައިސާ ދެއްކުމާއި ރީޗަރޖް ކުރާ ހިދުމަތެއް


'ކޯލް ޓު ޕޭ' ގެ ނަމުގައި ކަސްޓަމަރުންގެ ފޯނުން ކޯލެއް މެދުވެރިކޮށް ބިލްތަކަށް ފައިސާ ދެއްކުމާއި ޕްރީ ޕެއިޑް ނަމްބަރުތަކަށް ރީޗަރޖް ކުރެވޭ ޚިދުމަތެއް އުރީދޫން ތަޢާރަފްކޮށްފިއެވެ.އުރީދޫން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ ސިނިއަރ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަންސް މަރިޔަމް އަހުމަދު ދީދީ ވިދާޅުވީ މި ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު 999 ނަންބަރަށް ގުޅުއްވައިގެން ވޮއިސް އިރުޝާދުތަކުގެ ދަށުން މޯބައިލް ފޯނު ބިލަށް ފައިސާ ދައްކާ ޕްރީ ޕެއިޑް ނަމްބަރުތަކަށް ރީޗަރޖް ކުރެވޭނެ ކަމަށެވެ.ކޯލް ޓު ޕޭ ގެ ޚިދުމަތް ބޭނުންކުރެވޭނީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑާ ޑެބިޓް ކާޑު ބޭނުންކުރައްވައިގެން ކަމަށް އުރީދޫން މައުލޫތުދެއެވެ.