ސިޔާސީ

ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ނިހާޔަތު އިސްތިއުފާދެއްވައިފި


ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި މަރްޔަމް ނިހާޔަތު މަޤާމުން އިސްތިއުފާދެއްވައިފިއެވެ. ނިހާޔަތު އެމަޤާމުން އިސްތިއުފާ ދެއްވާފައިވަނީ އިއްޔެކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޔަޤީންކޮށްދެއްވައިފިއެވެ. ނަމަވެސް މަޤާމުން އިސްތިޢުފާދެއްވި ސަބަބެއް ޕީޖީ އޮފީހުންވެސް ހާމައެއްނުކުރައްވައެވެ.

ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް މަރްޔަމް ނިހާޔަތު ޢައްޔަނުކޮށްފައިވަނީ 17 ޖެނުއަރީ 2016 ގައެވެ. އެއީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެހީތެރިވެދިނުމަށްޓަކައި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ދެ މީހުން ޢަޔަންކުރުމަށް ގެނައި އިޞްލާހަކާއި ގުޅިގެން އެ މަޤާމަށް އަޔަނުކުރުމަށްޓަކައެވެ. ނިހާޔަތު ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެން މިހާރު އެ މަޤާމުގައި ހުންނެވީ މަޙްމޫދު ސަލީމް އެކަންޏެވެ.

ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ނިހާޔަތު ޢައްޔަނުކުރުމުގެ ކުރިން އޭނާ ވަނީ ވަނީ ސިވިލް ކޯޓްގެ ޤާޒީކަންވެސް ގިނަ އަހަރުތަކެއްވަންދެން އަދާކުރައްވާފައެވެ.