ޚަބަރު

ގިމަ ހާ އިންޓަނޭޝަނަލް ކަރާޓޭ ޗެމްޕިއަންޝިޕްއިން ރާއްޖޭގެ ޓީމް ހަތް ރަން މެޑަލް ހޯދައިފި


ގިމަ ހާ އިންޓަނޭޝަނަލް ކަރާޓޭ ޗެމްޕިއަންޝިޕްއިން ރާއްޖޭގެ ޓީމް ހަތް ރަން މެޑަލް ހޯދައިފިއެވެ. ބައިނަލްއަގުވާމީ ކަރާޓޭ މުބާރާތް ގިމަ ހާ އިންޓަނޭޝަނަލް ކަރާޓޭ ޗެމްޕިއަންޝިޕް ގައި ރާއްޖެއިން ބައިވެރިވެފައިވަނީ ޝޮޓަކަން ރިއު ކަރާޓޭ-ޑޯ އެސޯސިއޭޝަންއިންނެވެ. މި ޓީމްއިންވަނީ ހަތް ރަން މެޑަލްއާއި ދެ ރިހި މެޑަލް ހޯދައިފިއެވެ. ޖަޕާންގެ ގިމަ ހާ ޝޮޓަކަން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މިމުބާރާތް ކުރިއަށް ގޮސްފައިވަނީ އަވައްޓެރި ސްރީލަންކާއެވެ. މިމުބާރާތުގައި ދެކުނު އޭޝިއާގެ ހަތަރު ގައުމްއަކުން 600އަށް ވުރެއް ގިނަ ބައިވެރިން ބައިވެރިވިއެވެ. ރާއްޖެއިން މިމުބާރާތުގައި ބައިވެރިވެފައިވަނީ އަށް ބައިވެރިންނެވެ. ރާއްޖޭގެ ޝޮޓަކަން ރިއު ކަރާޓޭ-ޑޯ އެސޯސިއޭޝަންއިން ބައިވެރިވެފައިވާ ބައިވެރިންނަކީ މުހައްމަދު ނޫރު ރިލުވާން، ރާޝިޔާ މުހައްމަދު، އަލީ ހައިޝަމް، އައިޝަތު ސާނީ، އަހުމަދު ރިވާޖް، އިބްރާހީމް ޒުހައިރު އަދި އަހުމަދު ފަޒީލްއެވެ. މިމުބާރާތުން ރިހި މެޑަލް ހޯދާފައިވަނީ އަހުމަދު މާއިލް ޝިޔާމްއެވެ. 2018ވަނަ އަހަރުވެސް ރާއްޖޭގެ ޓީމްއިންވަނީ ދެ ރަން މެޑަލް ހޯދާފައެވެ. 2017ވަނަ އަހަރު ކުރިއަށްދިޔަ މިމުބާރާތުގައި ރާއްޖެއިންވަނީ ނުވަ ރަން މެޑަލް، ހަތް ރިހި މެޑަލް އަދި އެއް ލޯ މެޑަލް ހޯދާފައެވެ.