ވިޔަފާރި

"ޔަންމާ ސާރވިސް ކެމްޕެއިން" ހއ. އަދި ހދ. އަތޮޅުގައި ކުރިއަށްގެންގޮސްފި


"ޔަންމާ ސާރވިސް ކެމްޕެއިން" ގެ ނަމުގައި އެމްޓީސީސީ އާއި ޔަންމާ އޭޝިއާ ގުޅިގެން ކެންޕެއިނެއް ކުރިއަށްގެންގޮސްފިއެވެ.
މިމަހުގެ 8 އިން 10 އަކަށް މި ކެންޕެއިން ކުރިއަށްގެންގޮސްފައިވަނީ ހއ. އަދި ހދ. އަތޮޅުގައެވެ.

މި ކެމްޕެއިނުގެ ތެރެއިން ވަނީ، މި ދެ އަތޮޅުގައި ޔަންމާ ގެންގުޅޭ އޮޑިވެރިންނާއި އެމްޓީސީސީ އަދި ޔަންމާ އޭޝިއާގެ ޓެކްނިކަލް ޓީމުން ބައްދަލުކޮށްފައެވެ. އަދި އެފަރާތްތަކުގެ އިންޖީނުތައް ސާރވޭ ކުރުމާއި ޔަންމާގެ ޖެނުއިން ސްޕެއަރ ޕާޓްސް ބޭނުންކުރުމުގެ މުހިންމުކަން ވަނީ ޙިއްސާކޮށްފައެވެ.

މި ކެމްޕެއިންގައި ސާވޭކުރެވޭ ކޮންމެ އޮޑިއަކަށް ޔަންމާ މެއިންޓެނަންސް ކިޓްއެއް ހަދިޔާކޮށްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. ޔަންމާ ސާވިސް ކެމްޕެއިންވަނީ މީގެ ކުރިންވެސް މާލެ އަދި ރާއްޖޭގެ އެހެން ބައެއް އަތޮޅުތަކުގައި ކާމިޔާބުކަމާއި އެކީ ކުރިޔަށް ގެންގޮސްފައެވެ. ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށާއި ޕްރޮޑަކްޓްތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީއިން ކުރިޔަށް ގެންދެއެވެ.