ޚަބަރު

ހެލްމެޓު އަޅައިގެން ތިބި ބަޔަކު ފައިސާތަކެއް ފޭރިގަނެގެން ފިލައިފި


ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ހިނގާފައިދިޔަ އިންޑިއާ މީހަކަށް ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަޅިން ހަމަލާދީ ފައިސާތަކެއް ފޭރިގެންފި އެވެ.

ފުލުހުން ވިދާޅުވީ ހެލްމެޓު އަޅައިގެން ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހަކު އިންޑިއާގެ ރައްޔިތަކަށްތޫނު އެއްޗަކުން ހަމަލާދީ ފައިސާތައް ފޭރިގަތް މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މިއަދު ހެނދުނު ދިހައެއް ޖަހާ އެހާކަށްހާއިރު ކަމަށެވެ. ފުލުހުން އެ ސަރަޙައްދަށް ދިޔައިރު ފައިސާތައް ފޭރިގަނެގެން އެ މީހުންތައް ވަނީ ފިލާފައެވެ. މި ހާދިސާގައި އަނިޔާވި އިންޑިއާ މީހާއަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާގައި ފޭރިގަނެފައި ވަނީ ކިހާ ޢަދަދެއްގެ ފައިސާއެއް ކަމެއް ނޭނގެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަޙްޤީގު ކުރަމުންނެވެ. މިއީ ސިނަމާލެ ބްރިޖާއި ހުޅުލެ އަދި ހުޅުމާލެ ގުޅޭ ހައިވޭގައި ސައިކަލްގައި ދާއިރު، ހެލްމެޓް އަޅަން ސަރުކާރުން މަޖުބޫރުކުރި ފަހުން، ހެލްމެޓު އަޅައިގެން މީހަކަށް ހަމަލަދީ ފޭރިގަތް ފުރަތަމަ ހާދިސާ އެވެ.