ޚަބަރު

ފާރަގެމާއަށް ގެންނަ 5 ކުއްތާއެއް ރާއްޖެ ގެނެސްފި


ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި، ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ރާއްޖެ ގެންނައުމަށް ހަމަޖެހިގައިވާ ސޯޅަ ކުއްތާގެ ތެރެއިން ފަސް ކުއްތާ ރޭ ރާއްޖެ ގެނެސްފިއެވެ.ނެދަލޭންޑްސްއިން ރޭ ގެނެސްފައިވާ ފަސް ކުއްތާގެ ތެރޭގައި ހިމެނެނީ އަންހެން ތިން ކުއްތާއާއި، ފިރިހެން ދެކުއްތާއެވެ.ރާއްޖެއަށް ކުއްތާތަށް ގެންނަން ފެށުމާއެކު ފުލުހުންގެ އޮޕަރޭޝަންތައް ރަސްމީ ގޮތުން ފެށިގެން ދާނެކަމަށާއި، ބައެއް ތަމްރީނުތައްވެސް ފެށިގެންދާނެކަމަށް ފުލުހުން ބުނެއެވެ.ކުއްތާތަށް ބޭތިއްބުމަށް ވަނީ ޚާއްޞަ ކެނަލެއްވެސް ތައްޔާރު ކޮށްފައެވެ. އަދި އެކަމުގެ ތަމްރީން، ދިވެހި ފުލުހުންނަށް ދިނުމަށް ކަމުގެ ތަޖުރިބާހުރި ދެމީހަކުވެސް ވަނީ ރާއްޖެ ގެނެސްފައެވެ.ހުރިހާ ކުއްތާއެއް މިމަހުގެ ހަތާވީހުގެ ކުރިން ގެންނާނެ ކަމަށް ހޯމްމިނިސްޓްރީން ބުނެއެވެ.ސޯޅަ ކުއްތާ ގަތުމަށް ގާތްގަނޑަކަށް އެކެއް ޕޮއިންޓް ދޭއް މިލިއަން ރުފިޔާ ހަރަދުވެފައިވާކަމަށާއި، ރާއްޖޭގެ ހުރިހާ ބައިނަލްއަގްވާމީ ބަނދަރުތަކާއި، ބޮޑެތި އޮޕަރޭޝަންތަކުގައި ބޭނުންކުރާނެކަމަށް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.