ސިޔާސީ

ބޭރުގެ ފަރާތްތަކުން ފާޑުކިޔަސް އެކަމާއި ކަންބޮޑުވާކަށް ނުޖެހޭ-


ރާއްޖޭގެ ކަންކަމާއި ގުޅޭގޮތުން ބޭރު ފަރާތްތަކުން ފާޑުކިޔަސް އެކަމާއި ކަންބޮޑުވާން ނުޖެހޭކަމަށާއި، ރާއްޖޭގައި ހުރިހާކަމެއެއްވެސް ހިނގަމުންދަނީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އެއްގޮތަށްކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.ސިންގަޕޫރުގެ ބޮޑުވަޒީރުގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް ފުރާ ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވައި ރައީސް މައުމޫން ވިދާޅުވީ،  ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ފާޑު ކިޔަމުންދަނީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ކަމަށެވެ. އަދި އެފަރާތްތަކުން ރާއްޖެއަށް ފާޑު ކިޔަމުންދަނީ ކަމުގެ ހަގީގަތް ނުބަލައިތިބެގެން ކަމަށާއި، އެމީހުން ވާހަކަ ދައްކަނީ ވަރަށް ކުރިއްސުރެ ފެށިގެން ވަކި ގޮތަކަށް ކަންކަން ގަބޫލުކޮށްގެން ތިބެގެން ކަމަށްވެސް މައުމޫން ވިދާޅުވިއެވެ. ރާއްޖެއިން އަމަލު ކުރާނީ ރާއްޖޭގެ ގާނޫނުތަކަށް ކަމަށާއި، މިހާތަނަށް ބަލާއިރު އެއާއި ހިލާފަށް ސަރުކާރުން އަމަލު ކޮށްފައިނުވާ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.