ޚަބަރު

ނިއު ސަސްޕެންޑް ކުރީ ކުޅުންތެރިންގެ ހައްގުގަ - ބައްސާމް


ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ސަސްޕެންޑް ކުރީ ކުޅުންތެރިންގެ ހައްގުގައިކަމަށް އެފްއޭއެމްއިން ބުނެފިއެވެ. އެފްއޭއެމްގެ މެނޭޖްމަންޓަށް ތާއީދުކުރާ ފަސް ކުލަބްއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ނިއު ރޭޑިއަންޓް ސަސްޕެންޑްކުރީ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ދެވޭނެ އެއްވެސް ގޮތެއް ކުލަބްއަށް ނުދެއްކުމުގެ ސަބަބުންށަމަށެވެ. ބައްސާމްއާއެކު މިނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ މާޒިޔާ، ގްރީންސްޓްރީޓްސް، ދަ ގްރާންޑޭ، ޔުނައިޓެޑް ވިކްޓްރީ އަދި ކުލަބް އީގަލްސް. ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެއްވެސް ކުލަބެއް ސަސްޕެންޑްކުރުމަކީ އެފްއޭއެމުން ބޭނުންވެގެން ކުރާކަމެއް ނޫންކަމަށާއި ބައެއް ހާލަތްތަކުގައި ކުލަބް ހަމަމަގަށް އަޅުވަން ސަސްޕެންޑް ކުރަންޖެހޭކަމަށެއެވެ. ސީނިއަރ ބައެއް ކުޅުންތެރިންނަށް މުސާރަ ނުދީ އޮތުމުގެ ސަބަބުން ނިއު ސަސްޕެންޑް ކުރީ ގިރާކުރަންޖެހޭ ހުރިހާ މަރުހަލާއެއް ގިރާކުރުމަށްފަހުގައިކަމަށާއި ކުލަބުން ކުޅުންތެރިންނަށް މުސާރަ ދެވޭނެ އެއްވެސް ގޮތެއް ނުދެއްކުމުގެ ސަބަބުންކަމަށް ބައްސާމް ވިދާޅުވިއެވެ. ނިއުގެ ސީނިއަރ 10 ކުޅުންތެރިއަކަށް 3.8 މިލިއަން ރުފިޔާ ދޭންޖެހޭއިރު އެމުސާރަ ކުޅުންތެރިންނަށް ނުދީ، ނިއުއިން ދިޔައީ މިއަހަރުގެ ސީޒަނަށް ކުޅުންތެރިންނާއި ވާހަކަދައްކަމުންނެވެ. ބައްސާމް ވިދާޅުވީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ދިނުމަށް އެއްވެސް މަގެއް ދެއްކިފައިނުވާކަމަށް އަދި މިއީ ދާއިމީ ސަސްޕެންޝަންއެއް ނޫންކަމަށާއި މުސާރައިގެ މައްސަލަތަށް ހައްލުކުރުމާއެކު ސަސްޕެންޝަން އުވާލާނެކަމަށެވެ.

"މިކަމުގައި އެއްވެސް ބިރެއް ނެތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްއަކަށް. މިކަމުގައި ހުރިހާ ގެއްލުމެއްވެސް އޮތީ ނިއުގެ ކުޅުންތެރިންނަށް. މިކަމުގައި ނިއުއިން އެއްބަރުލުން ދީފައެއްނުވޭ. އެއްދުވަހު އައިސް ބުނެފާނެ ކުލަބްގައި ފައިސާއެއް ނެތޭ، މުސާރަ ދެވޭކަށް ނެތޭ. ދެން ކޮބައިތޯ މީގެ ހައްލަކީ. އެހެންވީމަ ހައްލު އަޅުގަނޑުމެން ހޯދައިދޭންޖެހޭ. މިކަންތަށްތަށް މިގޮތަށް އޮވަވެސް ނިއުއިން މިސީޒަންއަށް ކުޅުންތެރިންނާއި ވާހަކަދައްކަމުންދިޔަ. އެހެންވީމަ މިކަމުން ނިއުއަށް ނެތް އެއްވެސް ވަރަކަށް ގެއްލުންވާނެ ގޮތެއް. ކުޅުންތެރިންނަށް މިގެއްލުންވަނީ. އަޅުގަނޑުމެންގެ އެންމެ ބޯޑު އެއް ޒިންމާއެއީ ކުޅުންތެރިން ރައްކާތެރިކުރުން. މިއީ ކުޅުންތެރިންނަށް މުސާރަ ދިނުމަށް ދީފައިވާ ވަގުތީ ސަސްޕެންޝަންއެއް. މުސާރަ ދިނުމާއެކު ސަސްޕެންޝަން އުވިގެންދާނެ." ބައްސާން ބުންޏެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްއިން ކުރިން ބުނެފައިވަނީ އެޓީމްއަށް ލިބެންޖެހޭ އިނާމް ފައިސާ ލިބިއްޖެކަމުގައިވާނަމަ ކުޅުންތެރިންނަސް މުސާރަ ދެވޭނެކަމަށެވެ. ނޫސްވެރިންނާއި ވާހަކަދައްކަމުން ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމްއިން ކުލަބްތަކަށް ދޭންޖެހޭ އިނާމް ފައިސާ ހިފައްހައްޓަނީ ކުލަބްތަކުން ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ނުދީ އޮތުމުގެ ސަބަބުންނެވެ. މީގެ ކުރިންވެސް އެހެންކުލަބްތަކުގެ އިނާމް ފައިސާ ހިފައްޓާ، އެފައިސާ ކުޅުންތެރިންނަށް ދީފައިވާނެކަމަށެވެ. މިގޮތަށްވެސް ކަންތަށްތަށް ކުރަނީ ކުޅުންތެރިންނަށް ބަލާފަކަމަށް ބައްސާމް ވިދާޅުވި.

""އަޅުގަނޑުމެން އެފްއޭއެމްއަކުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްއަކަށް ދޭންޖެހޭ ފައިސާއެއް ނޯންނާނެ. މިދިޔަ ދެ އަރުވެސް ޕްލޭޔާސް ސްޓޭޓަސް ކޮމެޓީންއިން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ކުޅުންތެރިންނަށްވަނީ އެފައިސާ ދީފަ. ކުޅުންތެރިނަށް އެފައިސާދީފަ، މިހާރު އެފްއޭއެމްއަކު ނޯންނާނެ ނިއުއަށް ދޭންޖެހޭ ފައިސާއެއް. މިހާރުވެސް ނިމުނު ސީޒަންގެ ފައިސާ އަޅުގަނޑުމެން ވަނީ ހިފަހައްޓާފަ. އެއީ މިހާރު މިއުޅޭ މައްސަލަކާއި ގުޅިގެން ހިފަހައްޓާފައިވާ ފައިސާ. ބައްސާމް ބުންޏެވެ.

ބައްސާމް ވިދާޅުވީ މިހާރުވެސް ނިއުއަށް މުސާރައިގެ މައްސަލަ ހައްލު ކުރުމަށް ފުރުސަތު އޮބައޮތްކަމަށާއި އެފްއޭއެމްއަކީ އަބަދުވެސް މަޝްވަރާ ކުރުމަށް އިސްކަންދޭ އިދާރާއެއްކަމަށެވެ.