ވިޔަފާރި

މަސައްކަތްކުރާތާ އެއް އަހަރު ނުވިޔަސް ބިދޭސީންނަށް ވަޒީފާ އަދާކުރާތަން ބަދަލުކުރެވޭނެ


ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީން އެއް އަހަރު ނުވިނަމަވެސް ވަޒީފާއަދާކުރާ ތަން ބަދަލުކުރެވޭ ގޮތް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަން އިން ބުނީ ކުރިން ބިދޭސީންނަށް ވަޒީފާ އަދާކުރާ ތަން ބަދަލުކުރެވޭނީ އެއްއަހަރު ދުވަސްވުމުން ކަމަށެވެ. ނަމަވެސް މިއީ ގިނަ ބިދޭސީންނަށް އުނދަގޫތަކާއި ކުރިމަތިވެފައިވާ ކަމެއްކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އެހެންކަމުން ބިދޭސީންނަށް ވަޒީފާ ބަދަލުކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން، ރާއްޖޭގައި ވަޒީފާ އަދާކުރާތާ އެއް އަހަރު ނުވިނަމަވެސް ވަޒީފާއަދާކުރާ ތަން ބަދަލުކުރެވޭ ގޮތް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަމަޖައްސާފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ ބިދޭސީންގެ އެމްޕްލޮއިމެންޓް އެޕްރޫވަލް ދޫކުރުމާއި ކޯޓާ ދޫކުރުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަންގެ ދަށުން ކުރިއަށްގެންދިޔަ ނަމަވެސް، މިމަހުން ފެށިގެން އެމަސައްކަތްތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ދަށަށް ބަދަލުކޮށްފައިވާކަމަށެވެ.