ވިޔަފާރި

އިތުރު ކުންފުންޏަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ދެއްކުމަށް ހުކުމްކޮށްފި


ހައިސީ އިންޓަރނޭޝަނަލް ކުންފުނިން ދައުލަތަށް ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ކޯޓުން ހުކުމްކޮށްފިއެވެ.

ހައިސީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސިވިލްކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ، ދައުލަތައް ދައްކަންޖެހޭ ޖީއެސްޓީ ނުދައްކައިގެން ދައުލަތުގެ ޓެކްސް އިދާރާއިން ސިވިލް ކޯޓަށް ހުށަހެށި މައްސަލައިގެ ހުކުމްގައެވެ.

ސިވިލްކޯޓުން އިއްޔެ ކުރި މި ހުކުމްގައި ބުނެފައިވަނީ، ހައިސީ އިން ޓަރނޭޝަނަލް ކުންފުނިން ޖީއެސްޓީ އާއި ޖޫރިމަނާގެ ގޮތުގައި ދައުލަތައް 1،156،181 (އެއް މިލިއަން އެއްލައްކަ ފަންސާސްހާސް އެއްސަތޭކަ އަށްޑިހަ އެއް) ރުފިޔާ 3 މަސްދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ގެންދަނީ ދައުލަތައް ލިބެންޖެހޭ ފައިސާ ހޯދުމަށް ކޯޓު މެދުވެރިކޮށްވެސް މަސައްކަތްކުރަމުންނެވެ.
މިގޮތުން ދައުލަތައް ޓެކްސް ނުދައްކައިގެން މިދިޔަ އަހަރުވެސް ގިނަ ފަރާތްތަކެއްގެ މައްސަލަތައް ސިވިލްކޯޓަށް ހުށަހަޅާފައިވާކަމަށް މީރާއިން ބުނެއެވެ. މީގެ ތެރެއިން ގިނަ މައްސަލަތައް މީރާއިން ވަނީ ކާމިޔާބުކޮށްފައެވެ.