ސިޔާސީ

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އަހުމަދު އަކްރަމް


 އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް، ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ޑައިމަންޑްވިލާ އަލްފާޟިލް ‏‏އަޙްމަދު އަކްރަމް، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.މެންބަރުކަމަށް ޢައްޔަން ‏‏ކުރެއްވިކަމުގެ ލިޔުން، ‏އަޙްމަދު އަކްރަމާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ‏‏ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.‏‏އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ‏އަޙްމަދު އަކްރަމް‏ ޢައްޔަން ކުރެއްވުމުގެ ‏‏ކުރިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު ‏އޮނަރަބަލް ‏‏އަލްއުސްތާޛު ޢަލީ ސަމީރުގެ ‏‏ކުރިފުޅުމަތީގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ޤާނޫނީ ހުވާ އޭނާ ކުރެއްވިއެވެ.