ވިޔަފާރި

އުރީދޫއިން އެސް 10 ސީރީޒްގެ ފޯނުތައް ރާއްޖެއަށް ތަޢާރަފްކޮށްފި


އުރީދޫ މޯލްޑިވްސްއާއި ސެމްސަންގްއިން ގެލެކްސީ އެސް ޓެން ސީރީޒް ރާއްޖެއަށް ތައާރަފްކޮށް، ޕްރީ-އޯޑަރ ހުޅުވާލައިފިއެވެ.

މިއަދު ހަވީރު އުރީދޫ މޯލްޑިވްސްގެ މައި އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އުރީދޫއިން ވަނީ ސެމްސަންގް ގެލެކްސީ އެސް ޓެން އަދި އެސް ޓެން ޕްލަސް ފޯނުތަކަށް ޕްރީއޯޑަރއަށް ހުޅުވާލާފައެވެ. އަދި ޕްރީއޯޑަރ ކުރައްވާ ކޮންމެ ފޯނަކާއި އެކު، އުރީދޫގެ ފަރާތުން ޚާއްސަ ހެޑްފޯން ނުވަތަ ގެލެކްސީ ބަޑްސް ހަދިޔާކުރާނެކަމަށް އުރީދޫއިން ބުނެއެވެ.

އެސް ޓެން ސީރީޒްގެ ފޯނުތައް ރާއްޖެއަށް ތަޢާރަފްކޮށްފައިވާއިރު އުރީދޫއިން ވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ޚާއްސަ އިންސްޓޯލްމަންޓް ޕެކޭޖްތަކެއް ތަޢާރަފްކޮށްފައެވެ. މިގޮތުން މަހަކު 942 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ ފޯންތައް ބައްލަވައިގަނެވޭނެކަމަށް އުރީދޫއިން ބުނެއެވެ. އަދި އެއް ފަހަރާ ފައިސާ ދައްކާ ފަރާތްތަކަށްވެސް ޚާއްސަ ކަންތައްތަކެއް ހުންނާނެކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.