ވިޔަފާރި

ދިރާގުން ގެލެކްސީ އެސް 10 ރަސްމީކޮށް ރާއްޖެެއަށް މިރޭ ތައާރަފްކުރަނީ


ސެމްސަންގްގެ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯނު، ގެލެކްސީ އެސް 10 ރާއްޖެެއަށް މިރޭ ރަސްމީކޮށް ތައާރަފްކުރުމަށް ދިރާގުން ނިންމައިފިއެވެ.

ގެލެކްސީ އެސް 10 ރާއްޖެއަށް ރަސްމީކޮށް ތައާރަފްކުރުމަށް ހަމަޖެހިފައިވަނީ، އާއްމުނަށް ހުޅުވާލައިގެން ބްރިޖް ވިޔުއިން ޕްލެޓްފޯމުގައި މިރޭ 8:15 ގައި ބާއްވާ ހަފްލާއެއްގައެވެ.

މި ހަފްލާގައި ސެމްސަންގ އިލެކްޓްރޯނިކްސްގެ ރީޖަނަލް ބްރާންޗްގެ އިސްވެރިން ބައިވެރިވާނެއެވެ.
މި ހަފުލާގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި އެސް 10 ދައްކާލުމުގެ އިތުރުން މި އިވެންޓަށް ވަޑައިގަންނަވާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަށް މީގެ ފޯނެއް ލިބުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

މީގެ އިތުރުން މި ފޯނު ދިރާގުގެ ކަސްޓަމަރުންނަށް ލުއިފަސޭހަކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި އެކަމާއި ގުޅޭ މައުލޫމާތުތައް މި ހަލްފާގައި ހިއްސާކުރާނެއެވެ.

މިރޭ ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ސެމްސަންގެ ގެލެކްސީ އެސް 10، އަމިއްލައަށް ބަލާލާ، އެ ފޯނުގެ ފީޗަރތައް ތަޖުރިބާ ކޮށްލުމުގެ އިންތިޒާމްވެސް މި ހަފްލާގައި ހަމަޖެހިފައި ހުންނާނެ ކަމަށް ދިރާގުން ބުނެއެވެ.

ސެމްސަންގެ ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސް އަކީ ސެމްސަންގ ގެލެކްސީ ސީރީޒްގެ 10 ވަނަ ފޯންކަމަށްވާއިރު، ސެމްސަންގް އެސް 10 ޕްލަސްގައި ޖުމްލް 5 ކެމެރާ (2 ފްރަންޓް ކެމެރާ، 3 ބެކް ކެމެރާ)، އޮން ސްކްރީން ފިންގަރ ޕްރިންޓް އަދި ވަޔަރލެސް ޕަވަރ ޝެއަރިން ފަދަ ޒަމާނީ ފީޗަރތައް ހުރެއެވެ.

ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓާ އެވެ. ދިރާގުން 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ގުޅިގެން ދަނީ ސެމްސަންގް ގެ ފޯނުތައް ރަސްމީ ކޮށް ތައާރަފު ކުރަމުންނެވެ.

ގެލެކްސީ އެސް 10 ބާޒާރަށް ނެރުމަށް ސެމްސަންގ ކުންފުނިން ނިންމާފައިވަނީ މިމަހުގެ އަށްވަނަ ދުވަހުއެވެ.