ޚަބަރު

ފެބްރުއަރީ މަހު ރޯގާޖެހިގެން ޑޮކްޓަރަށްދެއްކި މީހުންގެ ޢަދަދު މަދު - އެޗްޕީއޭ


މިއަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ފެބްރުއަރީމަހު ޗިކުންގުންޔާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ ޢަދަދު ގިނަކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ނެރެފައިވާ މިދިޔަ ޖެނުއަރީމަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖެނުއަރީ މަހު ޗިކުންގުންޔާ ޖެހިގެން ޑޮކްޓަރަށް ދެއްކީ 38މީހުންނެވެ. ނަމަވެސް ފެބުރުއަރީމަހުގެ ރިޕޯޓް ބުނާގޮތުން، މިއަހަރުގެ މިހާތަނަށް ޗިކުންގުންޔާގެ 206 ކޭސްވަނީ ރިޕޯޓްކޮށްފައެވެ. މިއީ ޖެނުއަރީ މަހާ އަޅާބަލާއިރު 4ގުނަ އިތުރު ޢަދަދެކެވެ.

އެހެންނަމަވެސް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފެބްރުއަރީމަހުގެ ނިމުމަކާހަމައަކަށް އައިއިރު، މިރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ ނިސްބަތްވަނީ ވަރަށް ދަށްވެފައެވެ. ފެބްރުއަރީމަހުގެ ދެވަނަ ހަފްތާގެތެރޭގައި 75ކޭސް ރިޕޯޓްކޮށްފައިވައިރު، ފަހު ހަފްތާގައި ރިޕޯޓްކުރި ކޭސްތަކުގެ ޢަދަދުވަނީ 32އަކަށް ދަށްވެފައިވެފައެވެ.

ޗިކުންގުންޔާގެ ގިނަ ކޭސްތައް އައިސްފައިވަނީ މާލެ ސަރަޙައްދުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ނަމަވެސް މީގެ އެއްވެސް ސީރިއަށް ކޭއެސް ރިޕޯޓްކުރިކަމަށް މަޢުލޫމާތު ލިބިފައެއްނުވެއެވެ.
ޗިކުންގުންޔާއާ ޚިލާފައި މިދިޔަމަހު ރިޕޯޓްކުރި ޑެންގީގެ ކޭސްތައްވަނީ ދަށްވެފައެވެ. ޖެނުއަރީމަހު 518ކޭސް ރިޕޯޓްކުރި ނަމަވެސް މިދިޔަ މަހު ޑެންގީ ޖެހިގެން ޑޮކްޓަރަށް ދައްކާވައިވަނީ 368 މީހުންނެވެ. އަދި މި ޢަދަދު ފެބްރުއަރީމަހުގެ ކުރީކޮޅާ އަޅާބަލާއިރު، ފަހުކޮޅުވަނީ ދެގުނައަށް ދަށަށް ގޮސްފައެވެ.

ބޭރަށް ހިންގުން ޖެހިގެން މިދިޔަމަހު ރިޕޯޓްކޮށްފައިވަނީ 3319 މީހުންނެވެ. މިއީ ޖެނުއަރީ މަހާ އަޅާބަލާއިރު ކުޑަ ޢަދަދެކެވެ. ޖެނުއަރީމަހުވަނީ ޑެންގީ ޖެހިގެން 5500 މީހުން ޑޮކްޓަރަށް ދައްކާފައެވެ.
އެޗްޕީއޭއިން ބުނާގޮތުގައި ޑިސެންމްބަރުމަހާއި ޖެނުއަރީމަހުގެ ކުރީކޮޅަކީ ރޯގާޖެހޭ މިންވަރު އިތުރުވާ ދުވަސްކޮޅެކެވެ. ނަމަވެސް އެޗްޕީއޭގެ ތަފާސްހިސާބު ދައްކާގޮތުން، އަހަރުގެ މިހާތަނަށް އައިއިރު ޖުމްލަކޮށް އެކިކަހަލަ ރޯގާޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ މިންވަރު މިވަނީ ދަށަށްގޮސްފައެވެ.