ޚަބަރު

ޢުމްރާއަށްދިޔަ ދިވެއްސަަކު ނިޔާވެއްޖެ


  • ނިޔާވެފައިވަނީ ރ. ފައިނު އުޑުވިލާގެ މަރިޔަމް ސިޔާމާ

  • އޭނާއަކީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާއަށްދިޔަ ފަރާތެއް

ޢުމްރާއަށްދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ޖުލައިމަހު ޢުމްރާއަށްދިޔަ ފަރާތެއްކަމަށްވާ ރ. ފައިނު އުޑުވިލާގެ މަރިޔަމް ސިޔާމާއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އުމުރުން 42 އަހަރުގެ މަރިޔަމް ސިޔާމާ ނިޔާވީ ފުރަތަމަ ޢުމްރާ ނިންމައި، މަދީނާއަށް ގޮސް އެނބުރި އައި މަގުމަތީގައި ގުބާ މިސްކިތުގައި ދެ ރަކުއަތުގެ ނަމާދެއް ކުރިތާ އިރުކޮޅެއް ފަހުންނެވެ. އެއީ ރާއްޖޭގެ ގަޑިން މިއަދުގެ މެންދުރު އެކެއް ޖަހާކަށްހާއިރުކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ސިޔާމާ ނިޔާވުމާ ގުޅިގެން ޙައްޖު ކޯޕަރޭޝަނުން ވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި އެންމެހާ މުވައްޒަފުންގެ ނަމުގައި ސިޔާމާގެ އާއިލާށް ތައުޒިޔާ ދަންނަވާފައެވެ.