ޚަބަރު

ހިތަދޫ މަސް ފެކްޓަރީއެއްގައި ރޯވެ އަނދަނީ


އައްޑޫސިޓީ ހިތަދޫގައި ހުންނަ މަސް ފެކްޓަރީއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

މިތަނުގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު އެމްއެންޑިއެފްގެ ފަޔަރމަނުންނަށް ލިބުނީ މިއަދު ހަވީރު 5:53 ގައިކަމަށް އެފަރާތުން ވިދާޅުވެއެވެ. މިރޭ 7:33 ހާއިރު މި އަލިފާންގަނޑު ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އަލިފާން ނިއްވުމުގައި އެމްއެންޑިއެފްގެ ސަދަން އޭރިއާކޮމާންޑްގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.
މިތަނުގައި އަލިފާން ރޯވާން މެދުވެރިސަބައެއް އަދި ނޭނގޭކަމަށާ، މިޙާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއްވެފައި ވާކަމުގެ މަޢުލޫމާތެއް ލިބިފައި ނުވާކަމަށް އެންއެންޑީއެފުން ވިދާޅުވެއެވެ. ރޯވެފައިވަނީ "އައްޑޫ ފްރެޝް" ނަމަކަށް ކިޔާ މަސް ފެކްޓްރީއެއްގައިކަމަށް މަޢުލޫމާތުލިބެއެވެ.